[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާސިދުވެފައިވާ ޔަހޫދީންގެ ޢަޤީދާ

 

ޔަހޫދީން، މިބައިމީހުންގެ ޙައްޤު ދީން ބަދަލުކޮށް، އެދީނުގެ ތެރެއަށް ތަފާތު އެތައްކަމެއް ގެނެސްގަތެވެ. މިގޮތުން އަންނަނިވި ކަންތައްތައް މިބައިމީހުންގެ ޢަޤީދާގައި ފާހަގަކޮށްލެވެއެވެ.

 1. ﷲ ފިޔަވައި އަޅުކަންވެވޭ ފަރާތެއްކަމުގައި ގެރިއެއް ޚިޔާރުކުރުން: ﷲ ވަޙީ ކުރައްވާފައިވެއެވެ. [وَإِذْ وَاعَدْنَا مُوسَى أَرْبَعِينَ لَيْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ* ثُمَّ عَفَوْنَا عَنكُمِ مِّن بَعْدِ ذَلِكَ لَعَلَّكُمْ تَشْكُرُونَ* وَإِذْ آتَيْنَا مُوسَى الْكِتَابَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُونَ* وَإِذْ قَالَ مُوسَى لِقَوْمِهِ يَا قَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوبُواْ إِلَى بَارِئِكُمْ فَاقْتُلُواْ أَنفُسَكُمْ ذَلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ إِنَّهُ هُوَ التَّوَّابُ الرَّحِيمُ*][1] މާނައީ: “އަދި މޫސާގެފާނަށް، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ މުއްދަތެއް ކަނޑައެޅުއްވިހިނދު، ހަނދުމަކުރާށެވެ! ދެން އެއަށްފަހު (ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް) ތިޔަބައިމީހުން އަނިޔާވެރިވާ ޙާލުގައި ގެރިއަކީ އިލާހަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ. ދެން އެކަންތަކަށް ފަހުގައި (އެކަމުގެ ކުށް) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ ޢަފޫކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތް (އެބަހީ: ތަވްރާތު) ދެއްވިހިނދު، ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ. އަދި މޫސާގެފާނު، އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން، ގެރިއަކީ އިލާހަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް ތަވްބާވާށެވެ! އަދި ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލުކުރާށެވެ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ ޙަޟްރަތުގައި، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތަވްބާލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ތަވްބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.”
 2. ﷲ އަށް ދަރިކަލަކުވާކަމަށް ދަޢުވާކުރުން: ﷲ ވަޙީ ކުރައްވާފައިވެއެވެ. [وَقَالَتْ الْيَهُودُ عُزَيْرٌ ابْنُ اللَّهِ] [2]  މާނައީ: “ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ، ﷲގެ ދަރިކަލުންނެވެ.”
 3. ﷲއާމެދު އެކަށީގެންނުވާ ބަސްތައް ބުނުން: އެބައިމީހުން ބުނާ ކަމުގައިވެއެވެ. [إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ] [3] މާނައީ: “ހަމަކަށަވަރުން، ﷲއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދިންނެވެ.” [يَدُ اللَّهِ مَغْلُولَةٌ] [4]  މާނައީ: “ﷲގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ.”
 4. ޢިލްމަކާނުލައި ﷲއާމެދު ބަސްބުނުން: ﷲ ވަޙީ ކުރައްވާފައިވެއެވެ. [وَقَالُوا لَنْ تَمَسَّنَا النَّارُ إِلاَّ أَيَّاماً مَعْدُودَةً] [5]  މާނައީ: “އަދި އެބައިމީހުން ބުނެއެވެ. ޢަދަދުކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެއެވެ..” [وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلاَّ مَنْ كَانَ هُوداً أَوْ نَصَارَى] [6]  މާނައީ: “އެބައިމީހުން ބުނެއެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ.”
 5. އުޑުތަކާއި ބިން ހެއްދެވުމަށްފަހު، ﷲ ވަރުބަލިވޮޑިގެންކަމަށް ބުނުން: މިބައިމީހުންގެ މިބުނުމަށް ﷲ ރައްދު ދެއްވައި ވަޙީ ކުރައްވާފައިވެއެވެ. [وَلَقَدْ خَلَقْنَا السَّمَوَاتِ وَالأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِنْ لُغُوبٍ] [7]  މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ.”
 6. ﷲގެ ވަޙީ ބަސްފުޅާއި، އެއިލާހުގެ ފޮތްތަކާމެދު މިބައިމީހުންގެ ޢަޤީދާ ބާޠިލުވުން: މިބައިމީހުން އިޢްތިޤާދުކޮށް، ބުނާގޮތުގައި ﷲ އެއްވެސް އެއްޗެއް ބާވާ ނުލައްވައެވެ. މިބައިމީހުންގެ މިބުނުމަށް ރައްދުދެއްވުމުގެ ގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. [وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قَالُوا مَا أَنزَلَ اللَّهُ عَلَى بَشَرٍ مِنْ شَيْءٍ قُلْ مَنْ أَنزَلَ الْكِتَابَ الَّذِي جَاءَ بِهِ مُوسَى] [8]  މާނައީ: ” ﷲއަށް ޤަދަރުކުރުން ޙައްޤުވެގެންވާ ގޮތުގައި އެބައިމީހުން (އެބަހީ: ޔަހޫދީން) އެކަލާނގެއަށް ޤަދަރެއް ނުކުރެއެވެ. އެހެނީ، އެބައިމީހުން ބުނީ، އާދަމުގެ ދަރިޔަކަށް ﷲ އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަހެންވިއްޔާ) موسىގެފާނު އެ ގެންނެވި ފޮތް ބާވައިލެއްވީ ކާކުހެއްޔެވެ؟”
 7. ނަބީކަމާއި ނަބީންނާމެދު މިބައިމީހުންގެ ޢަޤީދާ ފާސިދުވުން: މިގޮތުން މިބައިމީހުން ޤަބޫލުކުރާގޮތުގައި، މިބައިމީހުންގެ ތެރެއިންވާ މީހަކަށް މެނުވީ ނަބީކަން ޙައްޤުވެގެން ނުވެއެވެ. އެހެންކަމުން، މިބައިމީހުން ހިތްނޭދޭ ބޭކަލަކު ނަބީކަމާއެކު ވަޑައިގެންފިކަމުގައިވާނަމަ، އެބޭކަލުންގެ ތެރެއިން އެއްބައިބޭކަލުން ދޮގުކޮށް، އަނެއްބައިބޭކަލުން ޤަތުލުކޮށް ހެދިއެވެ.

ހަމަމިފަދައިން، މިބައިމީހުން ނަބީކަމާއި، ނަބީންނާމެދު ގެންގުޅޭ ޢަޤީދާގެ ބާޠިލުކަން ޘާބިތުވާ އަނެއްކަމަކީ، މިބައިމީހުން އެބޭކަލުންނާމެދު ދައްކާ ދޮގު ބުހުތާނު ވާހަކަތަކެވެ. މިގޮތުން އަންނަނިވި ދޮގު ވާހަކަތައް މިބައިމީހުންގެ ފޮތްތަކުގައި އައިސްފައިވެއެވެ.

 • މިބައިމީހުންގެ ފޮތްތަކުގައިވާގޮތުން، ހާރޫނުގެފާނު ގެރި ހައްދަވައި، ބަނީ އިސްރާއީލުންނާއެކު އެގެރިއަށް އަޅުކަން ކުރެއްވިއެވެ.[9]  މިބައިމީހުންގެ މިބަސް ދޮގުކުރައްވައި، ﷲ ކީރިތި ޤުރުއާނުގައި އެކަންކުރި މީހަކީ ސާމިރީ ކިޔާ މީހެއްކަން އަންގަވާފައިވެއެވެ.
 • އިބްރާހިމްގެފާނު، އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކިބައިން ހެޔޮކަން ހޯދުމަށްޓަކައި ފިރުޢަވްނުއަށް ވެދުމަށް އެރުއްވިކަމަށް މިބައިމީހުން ދައުވާ ކުރެއެވެ.[10]
 • އެބައިމީހުން ބުނާގޮތުގައި، ލޫޠުގެފާނު މަސްތުފުޅުވަންދެން ރާ ހިއްޕަވައި، އެކަލޭގެފާނުގެ ދެދަރިކަނބަލުންނާ ޒިނޭ ކުރެއްވިއެވެ.[11] ސުބުޙާނަﷲ! ލޫޠުގެފާނަކީ އެކަލޭގެފާނުގެ މުޅި ޢުމުރު ﷲއަށް ކިޔަމަންތެރިވުމުގައި ހޭދަކޮށްފައިވާ ބޭކަލެކެވެ.
 • ޔަޢްޤޫބުގެފާނުގެ ދަރިކަލެއްކަމުގައިވާ ރަވާބީން، ބައްޕާފުޅުގެ އެއްއަނބިކަނބަލުންނާ ޒިނޭ ކުރިކަމަށް މިބައިމީހުންގެ ފޮތްތަކުގައި އައިސްފައިވެއެވެ. އަދި ޔަޢްޤޫބުގެފާނަށް މިފާޙިޝް ހަޑި ޢަމަލުކުރެއްވިކަން އެނގިވަޑައިގެންނެވި އިރުވެސް އެކަލޭގެފާނު މަޑުން ހުންނެވީކަމުގައިވެއެވެ.[12]
 • ދާއޫދުގެފާނު، އެކަލޭގެފާނުގެ ލަޝްކަރުގެ މީހެއްގެ އަނބިމީހާއާ ޒިނޭކުރެއްވިކަމަށާއި، އެއަށްފަހު އެކަނބުލޭގެ ފިރިމީހާ ޤަތުލުކޮށްލެވުމަށް ރާއްވައި، އޭނާ ޤަތުލުކޮށްލެއްވިކަމަށް މިބައިމީހުންގެ ފޮތްތަކުގައިވެއެވެ. އަދި އެއަށްފަހު، އަކަނބުލޭގެ ދާއޫދުގެފާނުގެ އަނބިކަނބަލުންގެ ތެރެއަށް ލައްވައި، އެކަނބުލޭގެ ފުށުން ސުލައިމާންގެފާނު ލިބިވަޑައިގެންނެވީ ކަމުގައި ވެއެވެ.[13]
 • މިބައިމީހުން ބުނާގޮތުން، ސުލައިމާންގެފާނު، އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހުދުވަސްކޮޅު މުރުތައްދުވެ، ބުދަށް އަޅުކަންކޮށް، ބުދު ފައްޅި ހެއްދެވިއެވެ.[14]
 1. އެނގިހުރެ މުޙައްމަދުގެފާނުގެ ނަބީކަމާ ދެކޮޅުހެދުން: މިގޮތުން މިބައިމީހުންނަށް މުޙައްމަދުގެފާނީ ޙައްޤު ނަބިއްޔާކަން އެނގިހުރެ ފާޅުގައި އިންކާރުކޮށް ދެކޮޅުހެދިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. [الَّذِينَ آتَيْنَاهُمْ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ][15] މާނައީ: “ތިމަންރަސްކަލާނގެ އެބަޔަކަށް ފޮތް ދެއްވި މީހުން، އެބައިމީހުންގެ ދަރިން ދަންނަ ފަދައިން އެބައިމީހުން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ދަނެއެވެ.”
 2. މަލާއިކަތުންނާމެދު މިބައިމީހުންގެ ޢަޤީދާ ފާސިދުވުން: މިބައިމީހުން ޤަބޫލުކުރާގޮތުގައި ޖިބްރީލްގެފާނާއި މީކާއީލްގެފާނަކީ މިބައިމީހުންގެ ޢަދުއްވުންނެވެ. މިބައިމީހުންގެ މިވާހަކަ ބަޔާންކުރައްވައި، މިބައިމީހުންނަށް އިންޒާރެއްގެ ގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. [مَنْ كَانَ عَدُوّاً لِلَّهِ وَمَلائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِلْكَافِرِينَ] [16] މާނައީ: ” ﷲއާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ރަސޫލުންނާއި، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވަތްތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ކާފަރުންނަށް ޢަދާވާތްތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ.”
 3. އާޚިރަތްދުވަހާމެދު މިބައިމީހުންގެ ޢަޤީދާ ފާސިދުވުން: މިބައިމީހުން ދަޢުވާކުރާގޮތުގައި ޔަހޫދީއަކު މެނުވީ ސުވަރުގެ ނުވަންނާނެއެވެ. އަދި މިބައިމީހުންގެ ތެރެއިން ފާފަކޮށްފައިވާމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް މެނުވީ ނަރަކައަށް ނުވަންނާނެއެވެ. މިބައިމީހުންގެ މިޤަބޫލުކުރުން ދޮގުކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. [وَقَالُوا لَنْ يَدْخُلَ الْجَنَّةَ إِلاَّ مَنْ كَانَ هُوداً أَوْ نَصَارَى تِلْكَ أَمَانِيُّهُمْ قُلْ هَاتُوا بُرْهَانَكُمْ إِنْ كُنتُمْ صَادِقِينَ] [17]  މާނައީ: ” އެބައިމީހުން ބުންޏެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެއެވެ. އެއީ، އެބައިމީހުންގެ ދޮގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) ދަލީލު ގެންނާށެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. [وَقَالُواْ لَن تَمَسَّنَا النَّارُ إِلاَّ أَيَّاماً مَّعْدُودَةً قُلْ أَتَّخَذْتُمْ عِندَ اللّهِ عَهْداً فَلَن يُخْلِفَ اللّهُ عَهْدَهُ أَمْ تَقُولُونَ عَلَى اللّهِ مَا لاَ تَعْلَمُونَ] [18]  މާނައީ: “އަދި އެބައިމީހުން ބުންޏެވެ. ޢަދަދުކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތުން (އެކަމަށް) ޢަހުދެއް ހިފާފައި އޮތީހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، ﷲ އެކަލާނގެ ޢަހުދުފުޅަކާ ޚިލާފުވެވޮޑިއެއް ނުގަންނަވާނެއެވެ. ނޫންނަމަ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲއާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ؟”
 4. ﷲ އާ އެކަށިގެންނުވާ ބަސްތައްބުނެ، އެއިލާހަށް ދޮގުހެދުން: މިގޮތުން މިބައިމީހުން ޤަބޫލުކުރާ ކަންކަތައްތަކުން އަންނަނިވި ކަންތައްތައް ފާހަގަކޮށްލެވެއެވެ.
 • މިބައިމީހުން ޤަބޫލުކުރާގޮތުގައި ދުވާލުގެ މުއްދަތަކީ ބާރަ ގަޑިއިރެވެ. މިބާރަ ގަޑިއިރުގެ ތެރެއިން ފުރަތަމަ ތިން ގަޑިއިރު ﷲ އިށީންދެވޮޑިގެން، ޝަރީޢަތް މުރާޖަޢާކުރައްވައެވެ. އަދި ދެވަނަ ތިން ގަޑިއިރު ޙުކުމްކުރައްވައެވެ. އަދި ތިންވަނަ ތިންގަޑިއިރު ޢާލަމްތަކަށް ކާންދެއްވައެވެ. އަދި ފަހު ތިން ގަޑިއިރު  އިށީންނަވައި، ބޮޑުމަހާއި އަދި އެހެން މަސްތަކާއެކު ކުޅުއްވައެވެ.
 • އިތުރުފުޅު ހެއްދެވުމާއި، ކޯފާ އިސްކުރެއްވުމާއި، ބުއްދިފިލައި ދިޔުމުން ﷲ ހުސްޠާހިރުވެގެން ނުވެއެވެ.
 • ޔަހޫދީންގެ ރޫޙުގެ އަސްލަކީ ﷲގެ ރޫޙުފުޅެވެ. އަދި އެހެން ދީންތަކުގެ މީހުންގެ ރޫޙުގެ އަސްލަކީ ނަޖިސްތަކެތީގެ ރޫޙެވެ.
 • ޔަހޫދީން ފިޔަވައި އެހެން މީސްތަކުން ޚަލްޤުކުރައްވާފައި ވަނީ އަހުގެ ނުޠުފާއިންނެވެ. އަދި އިންސާނުންގެ ސިފާގައި ލެއްވެވީ ޔަހޫދީންނަށް ޚިދުމަތްކޮށް ދިނުމަށެވެ.
 • ﷲގެ ޙަޟްރަތުގައި މަލާއިކަތުންނަށްވުރެ ޔަހޫދީން މަތިވެރިވެގެންވެއެވެ.
 • ﷲ ޔަހޫދީން ޚަލްޤުނުކުރެއްވިނަމަ ބިމުގައި ބަރަކާތްނުލެއްވީހެވެ. އަދި ވާރެޔާއި އިރު ޚަލްޤުނުކުރެއްވީހެވެ.

__________________________________________________________________________________

[1]  سورة البقرة: 51-54

[2]  سورة التوبة: 30

[3]  سورة آل عمران:181

[4]  سورة المائدة:64

[5]  سورة البقرة:80

[6]  سورة البقرة:111

[7]  سورة ق: 38

[8]  سورة الأنعام: 91

[9]  ސިފްރުލް ޚުރޫޖު، އިޞްޙާހް: 32، ޢަދަދު: 1

[10]  ސިފްރުއް ތަކްވީން، އިޞްޙާހް: 12، ޢަދަދު: 14

[11]  ސިފްރުއް ތަކްވީން، އިޞްޙާހް: 19، ޢަދަދު: 30

[12]  ސިފްރުއް ތަކްވީން، އިޞްޙާހް: 31، ޢަދަދު: 17

[13]  ސިފުރުއް ޞާމޫއީލް އައްޘާނީ، އިޞްޙާހް: 11، ޢަދަދު: 1

[14]  ސިފުރުލް މުލޫކް، އިޞްޙާހް: 11، ޢަދަދު: 5

[15]  سورة الأنعام:20

[16]  سورة البقرة:98

[17]  سورة البقرة: 111

[18]  سورة البقرة:80