[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތް ﷲގެ ޙައްޤާއި އަޅުތަކުންގެ ޙައްޤު

aqeda0165ﷲ ރުއްސުންލެއްވި މުޢާޒް ބިން ޖަބަލުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިށީނދެވަޑައިގެންނެވި ޙިމާރުގެ ފަހަތު ބައިގައި ތިމަން އިނީމެވެ. ތިމަން އެހެން އިންނަވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

 އޭ މުޢާޒް އެވެ! ﷲ އަށްޓަކައި އަޅުތަކުންގެ މައްޗަށް އަދާ ކުރަން ވާޖިބު ވެގެންވާ، އެއިލާހުގެ ޙައްޤަކީ ކޮބައިކަން އެނގިވަޑައި ގަންނަވާތޯއެވެ؟ އަދި އަޅުތަކުން އެއިލާހުގެ ހައްޤު އަދާ ކުރީމާ އެއިލާހުގެ އަޅުތަކުންނަށް ދެއްވާނެ ޙައްޤު ފަޟްލުވަންތަ ވެރި ކަމަކީ ކޮބައިކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ތޯއެވެ؟ މުޢާޒް ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އެކަމެއް ދެނެވޮޑިގެންވާނީ ﷲއެވެ އަދި ދެނެވަޑައިގަންނަވާނީ އެއިލާހުގެ ރަސޫލާއެވެ. އެބަހީ، ތިމަންނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ. ﷲއަށްޓަކައި އަޅުތަކުން އަދާކުރުން ވާޖިބު ވެގެންވާ އެއިލާހުގެ ޙައްޤަކީ، އަޅުތަކުން އެއިލާހުގެ ރަސްކަންފުޅަށް ހަމައެކަނި އަޅުކަން ކުރުމެވެ. އަދި އެއިލާހުގެ ރަސްކަންފުޅާއި އެހެން އެއްވެސް ފަރާތަކާއި ޝިރުކު ނުކުރުމެވެ. އަދި އަޅުތަކުން އެއިލާހުގެ ޙައްޤު އަދާ ކުރީމާ އަޅުތަކުންނަށް އެއިލާހު ދެއްވާ ދަރުމަ އެއިލާހުގެ ރަސްކަންފުޅާއި އެއްވެސް ގޮތަކުން ޝިރުކު ނުކުރާ މީހުންނަށް އަޛާބު ނުދެއްވުމެވެ. މި ޙަދީޘް ރިވާވެގެންވަނީ ޞަޙީޙުލް ބުޚާރީއާއި މުސްލިމްގައެވެ.
މި ޙަދީޘުން އެނގި ބަޔާންވެގެންވަނީ އަޅުކަން ކުރަންވާނީ ހަމަ އެކަނި އިލާހު ވަންތަ ﷲއަށް ކަމެވެ. އެއީ އެއިލާހުގެ ޙައްޤެއް ކަމެވެ.

ސުވާލު:
(1) ﷲގެ ރަސްކަންފުޅަށް ޓަކައި އަޅުތަކުންގެ މައްޗަށް ވާޖިބު ވެގެންވާ ޙައްޤަކީ ކޮބައިހެއްޔެވެ؟
(2) އަޅުތަކުން ﷲގެ ޙައްޤު އަދާކުރުމުން އަޅުތަކުންނަށް ﷲދެއްވާ ދަރުމަ އާއި ޘަވާބު އަކީ ކޮބައި ހެއްޔެވެ؟
(3) އަޅުކަމަކީ ކޮން ފަރާތެއްގެ ޙައްޤެއް ހެއްޔެވެ؟
*******************************************
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ “ރިސާލަތުއް ތައުޙީދި” ފޮތުން ނަގާފައި