الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދަޢުވަތު ސިލްސިލާގެ މިލީފްލެޓްއަކީވެސް ޢަޤީދާއާ ގުޅުން ހުރި ލީފްލެޓެކެވެ. ދީނީ ކަންކަމުގައި އެންމެ ސަލާމަތްކަންބޮޑު އަދި ރައްކާތެރިކަން ބޮޑު މަގަކީ އެންމެ ހެޔޮ ޤަރުނުތަކުގެ ބޭކަލުން ހިންގެވި މަގެވެ. އެހެނީ ދީނީ ނައްޞުތައް އެންމެ ބޮޑަށް ފަހުމްވި ބޭކަލުންނަކީ އެއީއެވެ.
މިގޮތުން އެބޭފުޅުންގެ ގޮތަށް ތަބާވުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތްކުރަން ޖެހޭނެއެވެ. ޒަމާނީ އާލަތްތަކާއި ވަޞީލަތްތަކުގެ ބޭނުން ހިފުމަކީ މިކަމާ ފުށުއަރާކަމެއް ނޫނެވެ.
ދުޢާއަކީ، މި ލީފްލެޓްގެ ފައިދާ ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދެއްވުމެވެ.

















